logo
banner image

ޙައްޖުވެރީންގެ ތިންވަނަ ފްލައިޓުގައި 251 ޙައްޖުވެރީން ފުރައިފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސުޢޫދީ ޢަރަބިއްޔާއިން ޙައްޖަށް ދާ ޙައްޖުވެރީންގެ ތިންވަނަ ގުރޫޕު މިއަދު ފުރައިފިއެވެ.

ޙައްޖުވެރިންގެ ތިންވަނަ ގުރޫޕު ފުައިފައިވަނީ 6:30 ހާ އިރު، ދިވެހީންގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގައެވެ. މި ފްލައިޓުގައި 251 މީހުން ފުރައިފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑީން މިއަދު މެންދުރުފަހު 11:30 އެހައިކަންހައި އިރުއެވެ.

ކުރީ އަހަރުތަކެކޭ އެއް ގޮތަށް ޙައްޖުވެރީން އެއަރޕޯޓަށް ދިއުމުގައި މި އަހަރު ވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. މި އިންތިޒާމުގެ ދަށުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިފައިވެއެވެ.

ރާއްޖޭން މިއަހަރު ޙައްޖަށް ދާ މީހުންގެ ތިންވަނަ ގުރޫޕު މިއަދު ފުރައިފައިވާ އިރު، ޙައްޖުވެރީންގެ އެންމެ ފަހު ފްލައިޓު ފުރާނީ ހުކުރު ދުވަހުއެވެ. ދިވެހި ޙައްޖުވެރީން މި ފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިައި މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.