ފ.ނިލަންދޫގައި ގާއިމްކުރާ މަސް ފެކްޓަރީއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފި
ފ.ނިލަންދޫގައި ގާއިމްކުރާ މަސް ފެކްޓަރީއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފި އެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް އެވެ. އަދި ފ.ނިލަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އާއި އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ނިލަންދޫގައި ތަރައްޤީކުރާ މަސްފެކްޓްރީ އެޅުމުގެ މަޝްރޫއު އޮތް ހިސާބާއި ކުރިއަށްދާގޮތް ކައުންސިލާ ވަނީ ހިއްސާކޮށްފަ އެވެ. އަދި މަސްފެކްޓަރީ އެޅުމުގެ މަޝްރޫޢުގެ އަދާހަމަ ވުޒާރާގެ ފަރާތުން ކައުންސިލާ ވަނީ ހިއްސާކޮށްފަ އެވެ.
ނިލަންދޫގައި ގާއިމް ކުރާ މަސްފެކްޓްރީގެ އަމަލީ މަސައްކަތް އަވަހަށް ފެއްޓަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.