logo
banner image

އިނގިރޭސި ހައިކޮމިޝަނަރ އާއި އެފްސީޑީއޯގެ ބޭފުޅުން މަނިޔަފުށީ ރިސާރޗް އެންޑް ޓްރޭނިންގ ފެސިލިޓީއަށް ޒިޔާރާތް ކުރައްވާ އެތަނުގައި މުރަކަ އާލާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފި

ރާއްޖޭގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ނިކް ލޯ އާއި އިންޑިއާ އެންޑް އިންޑިއަން އޯޝަން ފޮރިން ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓު ބެން މެލޯ މަނިޔަފުށީ ރިސާރޗް އެންޑް ޓްރޭނިންގ ފެސިލިޓީއަށް ޒިޔާރާތް ކުރައްވާ އެތަނުގައި މުރަކަ އާލާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

އެފްސީޑީއޯގެ ބޭފުޅުންނާއި އިނގިރޭސި ހައި ކޮމިޝަންގެ ބޭފުޅުން މަނިޔަފުށީގައި ހުންނަ ރިސާރޗް އެންޑް ޓްރޭނިންގ ފެސިލިޓީއަށް ޒިޔާރަތްކޮށް އެތަނުގައި މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ މުރަކަ ދިރުވާ އާލާ ކުރާގޮތުގެ މައުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ. އަދި ރީފްސީޑް ނިޒާމާއި އެމްއެމްއާރުއައިގެ ކަނޑު ރައްކާތެރިކުރުމުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ.

މީގެ އިތުރުން އެ ބޭފުޅުންވަނީ މަނިޔަފުށީގައި މުރަކަ ދިރުވާ އާލާ ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލައްވާ އެކަމުގެ މައުލޫމާތު އޮޅުއްފިލުވާފަ އެވެ.