ޅ ވައްވަރުގެ ހުޅަނގުން 4.2 މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފި
ޅ ވައްވަރުގެ ހުޅަނގުން 4.2 މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފި އެވެ.
މި ވަދު ކަނދުފަތީގެ ނަންބަރަކީ F09V05 އެވެ. މި ވަދު ކަނދުފަތި ޤާއިމްކޮށްފައިވާ ލޮކޭޝަނަކީ:
5°25.200'N
73°17.300'E
މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބުނު އުފަލެކެވެ.
ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވަދު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެވެމުންދާނެއެވެ.