logo
banner image

ބ.މާއްޑޫގެ އިރުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފި

ބ.މާއްޑޫގެ އިރުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފި އެވެ.

މި ވަދު ކަނދުފަތީގެ ނަންބަރަކީ F09V04 އެވެ.

މި ވަދު ކަނދުފަތި އޮންނާނީ ބ.މާއްޑު މާއްޑޫގެ އިރުން 6 މޭލު ބޭރުގައި:

5°04.000'N0

073°10.000'E

މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެ އެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވަދު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެވެމުންދާނެއެވެ.