logo
banner image

މަޢުލޫމާތު: ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު – 19 ވަނަ މާއްދާ

19. ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގެ މަޤްޞަދުތައް

ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގެ މަޤްޞަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތައް މެދުރާސްތާގައި ޙާޞިލުކުރުމަށްޓަކައި، އެއިން ކޮންމެ ފިސްކަލް އަމާޒަކަށް ވަކި އޮޕަރޭޝަނަލް އަމާޒުތަކެއް ކަނޑައަޅައި، އެކަންކަން ޙާޞިލުކުރުމަށް ސަރުކާރުން ރާވާފައިވާ ގޮތް ތަފްޞީލުކޮށްދިނުން؛ އަދި

(ށ) ދައުލަތުގެ އަހަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، މެދުރާސްތާއަށް ކަނޑައަޅާ އޮޕަރޭޝަނަލް އަމާޒުތައް ޙާޞިލުކުރުމަށް އެކުލަވާލާ ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ޕޮލިސީގެ މަޢުލޫމާތު، ރައްޔިތުންގެ މަޖިލީހަށާއި ޢާންމުންނަށް ފޯރުކޮށްދިނުން.