logo
banner image
ޞިއްޙީ ވުޒާރާ

18 ރަށެއްގެ ޞިއްހީ ޚިދުމަތދޭ ތަންތަން އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

18 ރަށެއްގެ ޝިއްހީ ޚިދުމަތދޭ ތަންތަން އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ތަންތަން އިިމާރާތް ކުރުމަށް ހަވާލުކުރީ ސަރުކާރުގެ ތިން ކުންފުންޏާއި އެވެ. އެއީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ޙަވާލުކުރީ ދެ ހޮސްޕިޓަލާއި ދެ ރަށެއްގެ ޞިއްހީ މަރުކަޒު އެކްސްޕެންޝަން އިމަރާތުގެ މަސައްކަތް ކުރުމަށެވެ.

އެމްޓީސީސީ އާއި ޙަވާލުކުރީ ތިން ރަށެއްގެ ޞިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށާއި ދެ ރަށެއްގެ ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުމަށެވެ.

ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 9 ރަށެއްގެ މަައްކަތެވެ. އެއީ 7 ރަށެއްގެ ޞިއްހީ މަރުކަޒުގެ އެކްސްޕެންޝަން މަސައްކަތާއި ދެ ރަށެއްގެ ޞިއްހީ މަރުކަޒުގެ އައު އިމާރާތް ކުރުމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ބައިވެރިވަޑައިގެންނެވިއެވެ.