logo
banner image

މިއަދަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް

މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ރޭގައި ފެނުމުން މިއަަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

"މީލާދީ ސަނަތުން 2025ވަނަ އަހަރުގެ މި ހިނގާ މޭ މަހު 28 ވާ ބުދަ ދުވަހަކީ 1446ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަސްކަމުގައި ވާތީ، މީލާދީ ސަނަތުން 2025ވަނަ އަހަރުގެ ޖޫން މަހު 05 ވާ ބުރާސްފަތި ދުހަކީ 1446ވަނަ އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަސް ކަމުގައި ދަންނަވަމެވެ." މި ކަމާ ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި ދިވެހި ޙައްޖުވެރީން ސޢޫދީ ޢަރަބިއްޔާއަށް ދާން މިހާރު ވަނީ ރާއްޖެއިން ފުރާން ފަައިފައެވެ. މި ހައި ތަނަށް ދެ ފްލައިޓެއްގެ ޙައްޖުވެރީން ސުޢޫދީ ޢަރަބިއްޔާއަށް ހިނގައްޖެއެވެ.