މޯލްޑިވްސް އެކްސްޕޯ 2025: ވަޒީރު ސަޢީދު ބޭންކް އޮފް މޯލްޑިވްސް ގެ ޚިދުމަތްތައް ބައްލަވާލައްވައިފި
މިމަހުގެ 23 ވަނަ ދުވަހު ފެށި ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަރުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ގެ ކިއޮސްކަށް ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ޒިޔާރަތްކުރައްވައިފިއެވެ. ވަޒީރުގެ މި ޒިޔާރަތުގައި ބޭންކް އޮފް މޯލްޑިވްސް ގެ ޙިދުމަތްތައް ބައްލަވާލެއްވިއެވެ. އެގޮތުން ދަރިވަރުންނަށް ޚާއްސަ "ސްޓޫޑެންޓް ކާރޑް" ބައްލަވާލެއްވިއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކު ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއއެމްއެލް) އިން ތަޢާރަފުކޮށްފައިވާ ސްޓޫޑެންޓް ކާޑަކީ ދަރިވަރުންނަށް އަމާޒުކޮށްގެން ނެރެފައިވާ ޚާއްޞަ ކާޑެކެވެ. މި ކާޑަކީ ދަރިވަރުންނަށް އެމީހުންގެ ފައިސާ ބެލެހެއްޓުމަށް ރަނގަޅު ގޮތެއް ހޯދައިދިނުމުގެ މަޤްޞަދުގައި ތަޢާރަފުކޮށްފައިވާ ކާޑެކެވެ. މި ކާޑުގެ އެންމެ ފާހަގަކޮށްލެވޭ ޚާއްޞަ ކަމަކީ އެއްވެސް ފީއެއް ނެގުމެއް ނެތި، އަދި އެއްވެސް އުނދަގުލެއް ނެތި ދަރިވަރުންނަށް ލިބޭ ޚިދުމަތަކަށްވުމެވެ. ބީއެމްއެލް ސްޓޫޑެންޓް ކާޑަކީ އާންމު ޑެބިޓް ކާޑެއްގެ ހުރިހާ ޚާއްޞިއްޔަތުތަކެއް ހުރި ނަމަވެސް، އޭގެ އިތުރުން ވަރަށް ގިނަ މަންފާތަކެއް ލިބޭ ކާޑެކެވެ. މި ކާޑަކީ ދަރިވަރުންނަށް ފައިސާ މެނޭޖްކުރުމުގެ ހުނަރު ދަސްކޮށްދީ، އަމިއްލައަށް ފައިސާ ބަޖެޓްކުރަން ދަސްކޮށްދޭނެ ވަސީލަތެކެވެ. މީގެ އިތުރުން، ބެލެނިވެރިންނަށް ކާޑުގެ ފުރިހަމަ ވިއު، ކޮންޓްރޯލް އަދި މެނޭޖްމަންޓް ލިބޭނެއެވެ. މިއީ ދަރިވަރުންނަށް ރައްކާތެރި މާޙައުލެއްގައި މާލީ ކަންކަން ދަސްކުރުމުގެ ފުރުޞަތު ހޯދައިދޭ ކާޑެކެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހޯއްދެވުމުގެ ޚާއްޞަ ފުރުޞަތުތަކެއް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ހުޅުވާލެވިފައިވާނެއެވެ.