logo
banner image

މޯލްޑިވްސް އެކްސްޕޯ 2025: ވަޒީރު ސަޢީދު މާރކެޓްޕްލޭސް ބައްލަވާލައްވައިފި

ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަށް ޒިޔާރަތް ކުރައްވާ މާރކެޓްޕްލޭސް ބައްލަވާލައްވައިފިއެވެ. އަދި ދިވެހިންގެ އުފެއްދުންތެރިކަން ބައްލަވާލައްވާއި ކާބޯތަކެތި ތަޖުރިބާ ކުރެއްވިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާރކުގައި ކުރިޔަށްގެންދާ މި މައުރަޒުގައި ދިވެހި އަތްތެރި މަސައްކަތަކުގެ އިތުރުން ދިވެހިން ތައްޔާރުކުރާ ކާބޯތަކެތި ތާޒާ ކަމާއެކު ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދެއެވެ. މުނިފޫހި ފިލުވުމުގެ ކުޅިވަރު ތަކުގެ އިތުރުން ޓެކްނޮލޮޖީގެ އެކި ތަފާތު ދާއިރާތަކުން ތައްޔާރުކޮށްފައިވާ ޚާއްޞަ ސްޓޯލްތައް މި މައުރަޒުގައި ހިމެނިފައިވެއެވެ. 

މިމަހު 23 ވަނަ ދުވަހު އާންމުނަށް ހުޅުވާލި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ކުރިޔަށް ދާނީ މި މަހު 31 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށެވެ.