logo
banner image

ޢިޤްތިޞާދީ ވުޒާރާ އާއި ޔޫއެންޑީޕީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޢިޤްތިޞާދީ ވުޒާރާގައި ބޭއްވުނު ރަސްމިޔާތުގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދީ ތަފާތުކުރުމާއި، އެކްސްޕޯޓް ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމެވެ. މީގެ އިތުރުން އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އިސްކަންދެވޭނެއެވެ. އަދި މި އެއްބަސްުވުމުގެ ސަބަބުން ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް އަދި ކުރިއަށް އޮތްތަނުގައި ވެވޭނެ ތުރުކީ-މޯލްޑިވްސް ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް ފަދަ ވިޔަފާރީގެ އެއްބަސްވުންތަކުގެ ބޭނުން ރަނގަޅަށް ހިފުމަށް މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ އެޖެންޑާގެ ދަށުން ބައިނަލް އަޤްވާމީ ވިޔަފާރިއާ އެކްސްޕޯޓް އިތުރުކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ. ދިވެހިރާއްޖެއަކީ ވިލުންވެރި، ހަރުދަނާ އިޤްތިޞާދެއްގެ މައްޗަށް ބިނާވެފައިވާ އަދި ދުނިޔޭގެ ބާޒާރަށް ހުޅުވާލެވިފައިވާ އިޤްތިޞާދަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރި ތަކަށް އަދި ވަކިން ޚާއްޞަކޮށް އެކްސް ޯޕޓް ވިޔަފާރިތަކަށް، ހަޤީޤީ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް، ސަރުކާރުން  ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.