މޯލްޑިވްސް އެކްސްޕޯ 2025:ވަޒީރު ސަޢީދު ބީޗް ހޭންޑްބޯލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އިނާމު ދެއްވައިފި
މޯލްޑިވްސް އެކްސްޕޯ 2025 ގެ ދަށުން ބޭއްވުނު ބީޗް ހޭންޑްބޯލް ޗެލެންޖްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިނާމު ޢިޤްތިޞަދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ހަވާލުކޮށްދެއްވާފައެވެ. ހުޅުމާލެ ސެންޓްރަލް ޕާރކުގައި ކުރިޔަށް ދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ތެރެއިން ކުރިޔަށްދާ މި މުބާރާތުގައި ފިރިހެނުންނާއި އަންހެނުންނަށް ޚާއްސަ ކެޓަގަރީތައް ހިމެނެއެވެ.
މި މަހު 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މައުރަޒުގައި ތަފާތު އެކި މުނިފޫހިފިލުމުގެ ހަރަކާތްތައް ކުރިޔަށްދާނެވެއެވެ.