ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރގެ މަޝްރޫއުގެ ދަށުން މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް އައު އީޖާދީ އުފެންދުންތައް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ
ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރގެ މަޝްރޫއުގެ ދަށުން މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް އައު އީޖާދީ އުފެންދުންތައް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދޅާުވެއްޖެ އެވެ.
ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރގެ މި މަޝްރޫޢަކީ، ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު މަސްވެރިކަމަށް އަޅުގަނޑުމެން ކުރާ ދަތުރުގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށް ވަޒީރު ވިދާލުވި އެވެ. އަދި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ތެރެއިން އީކޯ ފްރެންޑްލީ ވަން ބައި ވަން ޕޯލް އެންޑް ލައިން އަދި ހެންޑްލައިން ޓޫނާ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ގައުމެއް ކަމަށް ވޒީރު ވިދާޅުވި އެވެ.
ނަމަވެސް، މި ދާއިރާގެ ވަޒީފާގެ ރަނގަޅުކަމާއި، ވެލިއު ޗޭން ޑައިނަމިކްސް އިތުރުކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް މި މަޝްރޫޢުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިފައިވަނީ ޓްރާންސްފޯމަޓިވް އިންޓަރވެންޝަންތަކެއް- ޚާއްޞަކޮށް ޔެލޯފިން ޓޫނާ ރިންގާއި އިކެޖިމޭ ޓެކްނިކް ތަޢާރަފްވުމާއެކު. މަހުގެ ފެންވަރު ރަނގަޅުވެގެންދަނެ ކަމަށެވެ.
މިހާރު މަސްވެރިންގެ މައްޗަށް އޮތީ، މިކަންކަން އިތުރަށް ފުޅާދާއިރާއެއްގައި ގެންގުޅުމުގެ ޒިންމާ، އަދި ސަޕްލައި ޗޭންގައި ހަރަކާތްތެރިވާ އެންމެންނަށް- ޚާއްޞަކޮށް މަސް ޕްރޮސެސްކުރާ ކުންފުނިތަކުން- މަސްވެރިންނާ ގުޅިގެން މަސައްކަތް ކުރުންކަމަށް ވަޒީރު ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ސަބަބުން އަޅުގަނޑުމެންގެ މަސްވެރިކަމުގައި ދިގު މުއްދަތަކަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުން ކަމަށްވާ އެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އހެންނަމަވެސް އެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅެން ތިން އުޅަނދެއްގައި ފެށި ޕައިލެޓް ޕްރޮގްރަމަކީ ކާމިޔަބު ޕްރޮގްރާެއް ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
މި ކާމިޔާބީގެ މައްޗަށް ބިނާކޮށް، ވަރަށް އަވަހަށް މި އާ އުފެއްދުން ހިމެނޭ ގޮތަށް އަންނަ ޖީލުގެ މަސްވެރި އުޅަނދު ޑިޒައިން ކުރުމަށް ހުށަހެޅުންތައް ހުޅުވާލާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރުން، މިހާރު ހުރި އުޅަނދުތަކަށް ބެއިޓް ޓޭންކް ރެޓްރޯފިޓް ކުރުމަށް %40 މެޗިންގ ގްރާންޓް ފެސިލިޓީއެއް ތައާރަފްކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ނަން. މިއީ ޚަރަދު ކުޑަ އަޕްގްރޭޑެއް ކަމަށާއި، އޭގެ ސަބަބުން އުޅަނދުތައް ކަނޑުގައި ގިނަ ދުވަހު ތިބެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ތެޔޮ ބޭނުންކުރުން މަދުވެ، ވަސީލަތްތައް ރަނގަޅުވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން މައްދޫ، ނިލަންދޫ އަދި ދިއްގަރުން ވެލިއު އެޑެޑް ޕްރޮޑަކްޓްތައް ތަރައްޤީ ކުރާނެ ކަމަސްވެސް ވަޒީރު ވިދާޅުވި އެވެ. މި އުފެއްދުންތައް ލޯކަލް އަދި ބައިނަލްއަޤްވާމީ މާކެޓްތަކަށް ގެނައުމަށްޓަކައި، ފެންވަރާއި ރައްކާތެރިކަމުގެ ޔަޤީންކަން ދިނުމަށްޓަކައި، އެކުގައި މަސައްކަތް ކުރަމުން ގެންދިއުމަށް އަޅުގަނޑު ބާރުއަޅާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، ވެލިއު އެޑިޝަން އިތުރުކޮށް، އަޅުގަނޑުމެންގެ ކަނޑުގެ ވަސީލަތްތަކުން އިޖްތިމާޢީ އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ މަޝްރޫޢުގެ ސަބަބުން އޮޕަރޭޝަނަލް ކޮސްޓް ކުޑަކުރުމަށް، އަދި އަޅުގަނޑުމެން އުފައްދާ އުފެއްދުންތައް ރަނގަޅަށް ބެލެހެއްޓުމާއި، އަދި ތަފާތުކޮށްގެން އާމްދަނީ ރަނގަޅުކުރުމަށް މަގުފެންނަމުން ދަކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ކުރިއަށް ދާންޖެހެނީ މަސްވެރިކަމުގެ ދާއިރަގައި އެކަކު އަނެކަކާ ގުޅިގެން އައު އުފެއްދުންތައް އުފައްދާ މަސްވެރިކަމުގެ މުސްތަގުބަލަށް އިންވެސްތު ކުރަމުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމުގައި ޖަޕާނު ސަރުކާރާއި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަށް ދެމުން އަންނަ އެއްބާރުލުމާއި، ޕާޓްނަރޝިޕްއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވަޒީރު ވަނި ވިދާޅުވެފަ އެވެ.
ރާއްޖެގެ މަސްވެރިކަމުގެ ސިނާއަތުގައި ޗަޕާނުން ދެމުން އަންނަ އެއްބާރުލުން ފަހަގަ ކުރައްވާ ވަޒީރު ވިދާޅުވީ
ޖަޕާނަކީ ޑޯނަރަކަށް ނުވަތަ ޓެކްނިކަލް އެޑްވައިޒަރެއް ކަމަށާ ކއަޅުގަނޑުމެންގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާއި، ފެންވަރާއި، ދުނިޔޭގެ ވާދަވެރިކަން ކުރިއެރުވުމުގައި ސްޓްރެޓެޖިކް އަދި އިތުބާރުހުރި ބައިވެރިއެއް ކަމަށެވެ.
މީގެ އިތުރުން، ޖަޕާނުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގައި އަޅުގަނޑުމެންނާއެކު މުހިންމު ދައުރެއް އަދާކުރަމުންދާއިރު، ޓޫނާގެ ވަސީލަތްތައް ދިގުމުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގުޅިގެން މަސައްކަތް ކުރަމުން ދާކަް ފާހަގަކުރެއްވި އެވެ.