logo
banner image

ޗައިނާގައި ކުރިއަށްގެންދާ "ސީޑްސް ފޮރ ދަ ފިއުޗަރ ޕްރޮގްރާމް"އާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އަދި ހުވާވޭ ކުންފުނީގެ ބައެއް އިސްބޭފުޅުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގުގެ މައިގަނޑު މަޤްޞަދަކީ މި އަހަރުގެ "ސީޑްސް ފޮރ ދަ ފިއުޗަރ ޕްރޮގްރާމް"ގެ ދަށުން އައިސީޓީ ދާއިރާ އިން ތަމްރީނުވުމަށް ޝައުގުވެރިވާ ދިވެހި ދަރިވަރުން ހޮވުމުގައި ކަނޑައަޅަންޖެހޭ ހަމަތަކާއި މިންގަނޑުތަށް ކަނޑައެޅުމަށް މަޝްވަރާކުރުމެވެ.

ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން ކުރިއަށްގެންދާ "ސީޑްސް ފޮރ ދަ ފިއުޗަރ ޕްރޮގްރާމް"ގެ ދަށުން މިހާތަނަށް 141 ޤައުމެއްގެ 18،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނު ހާޞިލުކޮއްފައެވެ. އެގޮތުން، 2024 ވަނަ އަހަރު ހުވާވޭ އިން ވަނީ ދަރިވަރުންގެ ތަޢުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު، ދިވެހިރާއްޖޭގެ 4 ދަރިވަރުންނަށް މި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ދެއްވާފައެވެ.